ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާތައް އުފުލުމާއި އަދި އެފަދަ ދައުވާތަކާ ގުޅިގެން ކޯޓުތަކުގައި ޖަވާބުދާރީވުމަށްޓަކައި ގާއިމް ކުރާ ޕަބްލިކް ޕްރޮސެކިއުޝަން އޮތޯރިޓީ އަކީ ފަރުދުންނާއި މުޖުތަމައުގެ ހައްގުތައް ހިމާޔަތްކޮށް، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގެ މަގުސަދުގައި ގާއިމްކުރެވޭ އޮތޯރިޓީއެއް ކަމަށެވެ.
މުޖުތަމައުގެ ހައްގުތައް ނިގުޅިގެންގޮސް، އެ މުޖުތަމައެއްގެ އަމަންއަމާންކަމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ދުސްތޫރީ ވެރިކަމެއް ހިނގާ ދިމިގްރާތީ މުޖުތަމައެއްގައި ހުއްދަ ކުރެވިދާނެ ޝަރުއީ އަދި ގާނޫނީ ވިޔަސް ހަމައެއް ނެތް ކަމަށް ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
"ކޯޓުތަކަށް ހާޒިރުވެ ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާތައް އުފުލުމާއި އެ ފަދަ ދައުވާތަކަށް ޖަވާބުދާރީވުމަށްޓަކައި، ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާގެ ނައިބަކަށް ހުރި ފަރާތަކުން އެއްވެސް ފަރާތެއް އައްޔަން ކުރައްވާފައިވާ ނަމަ، އެފަދަ އެއްވެސް ފަރާތަކުން، އެ ދެ ފަރާތް ނުވަތަ އެ ދެ ފަރާތުން ކުރެ ފަރާތަކާ ކުރިއްސުރެ ހަމަޖެހިފައިވާ ގޮތުގެ މަތިން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން ބަރީއަވެ ގަނެ، ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާ އުފުލުމާއި އަދި އެފަދަ ދައުވާތައް ލިބިގަތުމުގެ ގާނޫނީ ވާޖިބުން ރެކެވިދާ ފަދަ ޝަރުއީ، ގާނޫނީ ވިޔަސް ހަމައެއް ނެތް" އެ އަމުރުގައި ބުނެފައިވެއެވެ.
ްއަދި ދިވެހިރާއްޖޭގެ ޕްރޮސިކިއުޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޖިނާއީ ދައުވާތަށް އުފުލުމާއި އަދި އެފަދަ ދައުވާތަކަށް ޖަވާބުދާރީވުމަށްޓަކައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިފައިވާ ކޯޓުތަކަށް ހާޒިރުވުމަށާއި އަދި އެކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކުރުމާއެކު އިތުރު އެއްވެސް އުޒުރެއް ކުރިމަތިކުރުމަކާނުލައި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/02 ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެމަތީން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށާއި ދިވެހިރާއްޖޭގެ އަދުލު އިންސާފް ގާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ޕްރޮސިކިއުޓަރުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރު ކުރާކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ
ދިވެހި ދައުލަތް ދެމިއޮތްހައި ހިނދަކު، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތް ގޮތުގެ މަތިން ހިނގަހިނގާ އޮތުމަކީ ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ
ސުޕްރީމް ކޯޓުން މި އަމުރު ނެރުނުއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުން، ޕީޖީގެ ވަކީލުން ވަނީ ކޯޓުތަކަށް ވަޑައިގަތުން ވަނީ ހުއްޓާލައްވައިފަ އެވެ.
ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ