ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު 110 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 110 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 25 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 72 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ 13 މީހެއްގެ އިތުރުން ލިވްއަބޯޑުތަކުން ޕޮޒިޓިވްވި ދެމީހެކެވެ.
މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 78،578 އަށް އަރާފައިވާއިރު، މި ބައްޔަށް 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 75،778 އަރާފައެވެ.
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 110 މީހުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ