ކުރިއަށް އޮތް ދެދުވަހުވެސް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

ކުރިއަށް އޮތް ދެދުވަހުވެސް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދުވެސް 17:00 އާއި ހަމަޔަށް ކުރަމުންދާނެ ކަމަށާއި، މަސައްކަތުގެ ތެރެއިން މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން، ރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސް ތަކުގެ އިތުރުން މިމަހުގެ 23 އަދި 24 ވާ ހުކުރު އަދި ހޮނިހިރުގައިވެސް ކުރާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ، ޖުލައި 24 ވަނަ ދުވަހު މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މި މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ވެސް މުޅި މާލެއިން ކަރަންޓު ކެނޑިފައިވީނަމަވެސް، މައްސަލަ ހައްލުކޮށް ދޮޅުގަޑިއެއްހާ އިރުގެ ތެރޭގައި މުޅި މާލެއަށް ވަނީ ކަރަންޓު ދީފައެވެ.
ގްރޭޓާ މާލޭ ގްރިށް މަސައްކަތް ކުރުމުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ގުޅުވާލައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފައި ވާއިރު، ކަރަންޓު ގްރިޑަށް ކާމިޔާބުކަމާ އެކު ދެ އިންޖީނުގެ ގުޅާލާފައިވާ ކަމަށާއި، މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް މިހާރު ކަރަންޓު ފޮނުވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ