ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިފި

ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަޔަ ވަގުތީ ހައްލެށް ލިބިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެހެން ނަމަވެސް، ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އަލާތްތައް ބޭނުން ކުރުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުވަމުލަކުން މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަރަންޓު ކެނޑުނީ، ފުވައްމުލަކު ނެޓްވޯކުގައި ބޭނުން ކުރަމުންދިޔަ 25،000 ކޭވީއޭގެ ފޯމަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
އެކަން ހައްލުކުރުމަށް އައްޑޫއިން ފުވައްމުލަކަށް އައު ފޯމަރެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ނަމަވެސް ފޯމަރަކީ އަށެއްކަ ޓަނުގެ އެއްޗަކަށްވާތީ އައްޑޫން ފުވައްމުލަކަށް ފޯމަރު ގެންދަން ވަގުތު ބޭނުންވާކަމަށް ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނެފައި ވެއެވެ.
މިމައްސަލަ ހައްލުކޮށް އަލުން ހިދުމަތް ފަށަން 12-10 ގަޑިއިރު ނަގާނެކަމަށް އަންދާޒް ކުރެވޭކަމަށް ފެނަކައިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ