މެމްބަރު އަލީ ހުސެއިންވެސް 241 ކޮމިޓީއަށް އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) ގައި އިންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބަދަލުގައި އެ ކޮމިޓީއަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހަމަޖައްސަވައިފިއެވެ.
ރައްޔިތުންގެ މިއަދުގެ ޖަލްސާގައި މަޖިލިޙޫގެ ނައިބު ރައީސް ވަނީ ކޮމެޓީއަށް މިބަދަލު އައިސްފައިވާކަން އިއުލާން ކުރައްވާފައެވެ.
އީވާ ވިދާޅުވީ 241 ކޮމެޓީއަށް ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ މެމްބަރެއްގެ ގޮތުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހަމަޖައްސަވާފައިވާ ކަމަށެވެ.
ކޮމެޓީއަށް މިބަދަލު އައީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ފެށުނުއިރު، މެމްބަރު ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާކަން މަޖިލިސް އިދާރާއަށް އަންގާފައިވުމުންނެވެ.
241 ކޮމެޓީއަށް ބަދަލުތަކެއް ގެނައިކަން މަޖިލީހުން އިއުލާންކޮށްފަވާއިރު މަޖިލީހުގެ މިދައުރު ފުރަތަމަ ޖަލްސާގައި 241 ކޮމިޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީންވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.
އެގޮތުން 241 ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި އެކޮމެޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، އަދި އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ބަދަލުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ހަމަޖައްސަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ