ސިންގަޕޫރުގައި ކަރަންޓްރީން ނުވާ ގްރީން ލިސްޓަށް ރާއްޖެ

ކޮވިޑަށް ފަހު ސިންގަޕޫރު ހުޅުވާލާފައިވާއިރު އެ ގައުމަށް ގޮސް ކަަރަންޓީން ވާން ނުޖެހޭ ގްރީން ލިސްޓަށް ރާއްޖެ ލައިފި އެވެ.ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެ ގައުމުގެ "ގްރީން" ލިސްޓަށް ރާއްޖެއާ އެކު ހަ ގައުމެއް އިތުރު ކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖެ އާއި ލަންކާގެ އިތުރުން ތައިލެންޑާއި ކެމްބޯޑިއާ އާއި ފިޖީ އަދި ތުރުކީ ވެސް ހިމެނެ އެވެ. މި ގައުމުތަކުން ކަރަންޓީނާ ނުލައި ދަތުރު ކުރަން ފެށޭނީ އަންނަ މަހު 16 އިން ފެށިގެނެވެ. ސިންގަޕޫރަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދު މިހާރު ވަނީ 27 އަށް އަރައިފަ އެވެ.ސިންގަޕޫރަށް ދަތުރު ކުރެވޭނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެކަމަކު ދެ ޑޯޒް ޖަހާފައިވާ މީހުންނަށް އެ ގައުމަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގަ އެވެ.ސިންގަޕޫރުގެ ގްރީން ލިސްޓަށް ރާއްޖެ އިތުރު ކުރީ، ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވެފައިވާތީ އެވެ. އަދި ރާއްޖޭން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އެ ގައުމުން ވަނީ ބަލައިފަ އެވެ.ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވަނީ މިހާތަނަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ވެކްސިން ޖެހޭ އާބާދީގެ 395،470 މީހަކު ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 362،742 މީހަކު ވަނީ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި 7،947 މީހުން ވަނީ ބޫސްޓަ ޑޯޒު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ