ރައްޔިތުންގެ ކޯޓުގައި ރައްޔިތުން ބުނަމުންދަނީ ރައީސް ޔާމީން އަކީ މިނިވަނެއް ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިދިިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާދަމް ޝަރީފު ވިދާޅުވީ، ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު، ސުޕްރީމް ކޯޓުން އެއްވެސް ނުފޫޒެއް ނެތި ޙުކުމަކާ ހަމައަށް އައުމަކީ ނުވަތަ އަދުލުވެރި، އިންސާފުވެރި ޙުކުމެއް ކުރުމަކީ ރައްޔިތުންނަށް ޝަރުއީ ނިޒާމަށް އިތުބާރު ދެމެހެއްޓުމަށްޓަކައިވެސް މުހިންމު ކަމެއް ކަމަށެވެ.
އޭނާގެ ވާހަކައިގައި ވަނީ، ކުޑަކެކުރިއާ ބޮޑު ކެކުރި އުސޫލުން ޙުކުމް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައިފައެވެ.
ރައީސް ޔާމީންގެ ޝަރީޢަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ޤާނޫނީ ގޮތުން އެތައް ހުއްޖަތެއް ދައްކަމުންދާ ކަމަށެވެ.
އެހެންކަމުން، ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން އަދުލުވެރިކަމާއެކު ޙުކުމް ކުރާނެކަމުގެ ޔަގީންކަން ދިނުމަށް އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޤާނޫނު އަސާސީގެ 142 ވަނަ މާއްދާގައިވޭ، އެއްވެސް ތަފާތު ކުރުމެއް ނެތި އަދުލު އިންސާފު ޤާއިމު ކުރަން ޖެހޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މީގެ ކުރިން ސުޕްރީމް ކޯޓުން ކަފާލާތުގެ ދަށުން ރައީސް މައުމޫނާއި، ޖޭޕީގެ ލީޑަރު ޤާސިމްވެސް ދޫކުރިކަން އާދަމް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ ކޯޓުން ވަނީ ރައީސް ޔާމީނަކީ މިނިވަނެއް ކަމަށް ނިންމާފައި: އާދަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ