ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިން ދައުވާގައި، އެ މައްސަލަ ބަލާ ބެންޗު މިހާރު އެކުލަވާލާފައިވަނީ ޤާނޫނާއި ހިލާފަށް ކަމުގައި ކަނޑައަޅަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.ޖަމީލު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. މިގޮތުން ޑރ.ޖަމީލު ފާހަގަކުރެއްވި ގޮތުގައި މައްސަލަތަކުގައި ބެންޗު އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖްލީހަކުން ކަމަށާއި، ނަމަވެސް ރައީސް ޔާމީން މައްސަލާގައި ބެންޗު އެކުލަވާލާފައިވަނީ ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދެވެ. އަދި މިއީ ޤާނޫނާއި ހިލާފު ކަމެއް ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް މިފަދަ މައްސަލައެއް ހުށަހެޅުނުއިރު އެ ކޯޓު މިވަގުތު އޮތީ ޗުއްޓީގައެވެ. ރައީސް ޔާމީން މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިން ދައުވާގެ ހުކުމް އިއްވުމުގެ މަޖްލީސް ކްރިމިނަލް ކޯޓުން ވަނީ މާދަމާގެ މެންދުރު 1:30 އަށް މިހާރު ތާވަލް ކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ