ސުޕްރީމް ކޯޓު ޗުއްޓީއަށް

މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޗުއްޓީއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ. މިގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާއި ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ޗުއްޓީގައި ކަމަށް މައުލޫމާތު ލިބެއެވެ. މި މުއްދަތުގައި އެއްވެސް ޝަރީއަތުގެ އަޑު އެހުމެއް ނޯންނާނެއެވެ. ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އިދާރީ އެހެނިހެން މަސައްކަތްތައް ކުރިއަށް ދާނެއެވެ. ސުޕްރީމް ކޯޓު މިހާރު ހިންގަމުން ދަނީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން، އަބްދުލްއަނީ މުހައްމަދުގެ އިތުރުން، މަހާޒު އަލީ ޒާހިރެވެ. މީގެ ތެރެއިން ފަނޑިޔާރު ޣަނީ ވަނީ ސަސްޕެންޑު ކުރެވިފައެވެ. އަދި ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ