ފ.ދަރަބޫދޫ ކައުންސިލް ރައީސް ކަމަށް 2 ފަރާތަކުން އަދި މެމްބަރު ކަމަށް 8 ފަރާތަކުން ކުރިމަތިލައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ދަރަބޫދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރަނީ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީގެ މެމްބަރު އަދި މިހާރުވެސް ދަރަބޫދޫ ކައުންސިލް ރައީސްކަން ކުރަމުން ގެންދާ ޢަލީ މުޙައްމަދު އާއި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރު ޢަބްދުލް ޙަމީދު އާދަމް އެވެ. ޙަމީދު އަކީ ދަރަބޫދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާއެވެ.
ރަށު ކައުންސިލް މެމްބަރު ކަމަށް ވާދަކުރަނީ އެމްޑީޕީގެ 2 ކެނޑިޑޭޓުންނާއި، އަދާލަތު ޕާޓީގެ 4 ކެނޑިޑޭޓުންނާއި އަދި އިނދިކޮޅު މައިޕާޓީ ޕީޕީއެމް ގެ 2 ކެނޑިޑޭޓުންނެވެ.
އެމްޑީޕީގެ ފަރާތުން މެމްބަރު ކަމަށް ވާދަކުރަނީ އަތޮޅު ކައުންސިލްގެ މިހާރުގެ މްމެބަރު މަޙުމޫދު އަޙުމަދު އާއި ޖުވައިރިޔާ މުޙައްމަދު އެވެ.
އަދާލަތު ޕާޓީގެ ފަރާތުން މެމްބަރު ކަމަށް ވާދަކުރަނީ މުޙައްމަދު މޫސާ އާއި އާދަމް ޙަލީމު އާއި ޝާޢިރާ އިސްމާޢީލް ރަޝީދުގެ އިތުރުން ރިޝަފާ އަޙުމަދު އެވެ.
އިނދިކޮޅު މައިޕާޓީ ޕީޕީއެމްގެ ފަރާތުން ދަރަބޫދޫ ރަށު ކައުންސިލަށް ވާދަކުރަނީ އަރުޔަޝް މުޙައްމަދު އާއި ހުދައިމާ މޫސާ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދަރަބޫދޫ ކައުންސިލަށް އަމިއްލަ ގޮތުން އެއްވެސް ފަރާތަކުން ވާދަ ނުކުރެއެވެ.
ދަރަބޫދޫ ކައުންސިލް ރައީސް ކަމަށް 2 އަދި މެމްބަރު ކަމަށް 8 ފަރާތަކުން ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ