މެންބަރު ގައުމުތަކުން އދ ދޭން ޖެހޭ ބަޖެޓު ދިނުމުގައި ލަސް ކުރަމުންދާތީ ފައިސާ ހުސްވެ އެމުއާހަދާގެ މަސައްކަތްތަކަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރު އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދެއްވައިފިއެވެ.
ގުޓަރެސް އެވާހަކަތައް ފާހަގަ ކުރައްވާފައިވަނީ އދގެ މުވައްޒަފުންނަށް ގުޓަރެސް ފޮނުއްވި ސިޓިއެއްގައެވެ.
އެ ސިޓީގައި, ބައެއް ގައުމުތަކުން ފައިސާ ނުދައްކާތީ ދިމާވަމުންދާ ދަތިތައް އެގައުމުތަކާ ހިއްސާ ކުރައްވާފައިވާ ކަމަށް ގުޓަރެސްވަނީ ވިދާޅުވެފައެވެ. ފައިސާގެ ދަތިކަން ބޮޑަށް ކުރިމަތިވެފައިވަނީ އެ ގައުމުތަކުން ފައިސާ ނުދައްކައިގެން ކަންވެސް އެސިތީގައިވަނީ ފާހަގަކޮށްފައެވެ.
އދއަށް ފައިސާގެ ތާށިކަން ބޮޑުވެފައިވަނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގައުމުތަކުން ފައިސާ ދިނުން މާ ބޮޑަށް ލަސް ކުރަމުންދާތީ ކަމަށް ބައިނަލް އަގުވާމީ ބައެއް މީޑިއާ ރިޕޯތައް ވަނީ ބުނެފައެވެ.
މިއަހަރުގެ މިހާތަނަށް ފައިސާ ނުދައްކާ 81 ގައުމެއް ހިމެނޭއިރު, އދއަށް ބޮޑު އެހީއެއް ދެމުން އަންނަ އެމެރިކާ ވެސް އޭގެތެރޭގައި ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.
އދ ގެ 11 އިންސައްތަ ހިއްސާ ކުރަނީ އެމެރިކާއެވެ. ނަމަވެސް އެ މުއާހަދާގައި އެމަރިކާގެ ނުފޫޒު ފަނޑުވަމުން ދާ މިދަނޑިވަޅުގައި އެގައުމުން ދެމުން އަންނަ އެހީއަށް ބަދަލުތަކެއް އަންނާނެ ކަމުގެ އިޝާރާތެއްވެސް އެގައުމުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައެވެ.
ގިނަ އަދަދެއްގެ ގައުމުތަކުން ފައިސާދީފައިނުވާތީ އދ އިން ވަނީ ފައިސާގެ ތާށިކަން ކުޑަކުރުމަށް ހަރަދުތައް ކުޑަ ކުރެވޭނެ ގޮތްތަކާމެދު ވިސްނަމުންދާކަމަށް ބުނެފައެވެ.
މެމްބަރު ގައުމުތަކުން ފައިސާ ނުދޭތީ އދގެ މަސައްކަތްތަކަށް ބުރޫއަރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ