އެމްޑީޕީން މުޒާހަރާ ނުކުންނަން ތާއީދެއް ނުކުރާކަމަށް އެމްޑިޕީ އަލީ ވަހީދު ވިދާޅުވެއްޖެ
ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމު (މޯޑޭ) އެމްޑީޕީން މުޒާހަރާ ނުކުންނަން ތާއީދެއް ނުކުރާކަމަށް އެމްޑިޕީ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، “އެމްޑީޕީން މުޒާހަރާ ނުކުންނަން ތައްޔާރުވުން އަޅުގަނޑު ތާއީދެއް ނުކުރަން. އަޅުގަނޑު ގަބޫލެއް ނޫން. އަޅުގަނޑު ވޯޓެއް ވެސް ނުދެން. ބުދުގެ ކަންތައްތައް ވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހިނގީ ރަނގަޅަކަށް ނޫން.” ކަމަށެވެ. އަލީ ވަހީދު އިތުރަށް ވިދާޅުވީ، “”އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާރުން ވެސް ގޮތް ދޫކުރަން ޖެހޭ ކަންކަން އެބަހުރި. އެއީ އެކަންކަމުން ސަރުކާރަށް ގެއްލުން ނުލިބޭނެ ކަންކަން މިސާލަކަށް ބުދުގެ ކަންތައް. ވެރިކަމުގައި ތިބޭ އިރު ގޮތް ދޫކުރުމަކީ ބަލިވުމެއް ނޫން. [ބެހެއްޓި] ބުދު [ތައް] ނެގުމަކީ އެންމެ ރަނގަޅު ގޮތް މިހާރު ވެސް ރައްޔިތުން ކަން ބޮޑުވާ އެއްޗެއް ހުރިއްޔާ އެ އެއްޗެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް،”ކަމަށެވެ. އަލީ ވަހީދު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ “ތޭވީހުގައި ދެބައި މީހުން މަގުމައްޗަށް ނުކުތުމަކީ އޭގެ މޯހިރުގައި ފޫނުބުދޭ ވަރުގެ ޒަހަމާއި ލަކުނުލާނެ ނުރައްކާތެރި ކަމެއް. ދެބައި މީހުން މަގަށް ނުކުތުމުގެ ކުރިން ރާއްޖެއަށް، ދިވެހިންގެ ދީނީ ވަހުދަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމަކަށް ޖާގައެއް ރާއްޖޭގައި ނެތް ކަމުގެ އިތުބާރު އެއްބަޔަކު އަނެއް ބަޔަކަށް އަވަހަށް އުފައްދަންވީ،” އަލީ ވަހީދު ވިދާޅުވި އެވެ. 23ޑިސެމްބަރ ގައި ބާއްވާ މުޒާހަރާ އަށް ތާއީދުކޮށް އެމްޑީޕީގެ އެތެރޭގައި ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ