ރައީސް ރިޔާސީ ބަޔާން އިއްވެވީ ވަރަށް ހިތްވަރުފުޅާއެކީކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ

މައުމޫން އަބްދުލްގައްޔޫމްމިއަހުރުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ ހުޅުވައިދެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވެވީ ވަރަށް ހިތްވަރުފުޅާއެކީ ކަމަށް ޕީޕީއެމްގެ ވަގުތީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ޕީޕީއެމުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ  މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކުރާކަމެއް ކަމަށާއި، ރައީސް ޑރ. ވަހީދު އެކަން ކުރެއްވީ ވަރަށް ހިތްވަރުފުޅޭއެކު ކަމަށެވެ. މީގެއިތުރުން އެ ދުވަހު ރައީސް ޑރ ވަހީދު ދައްކުވައިދިން ހިތް ވަރުގަދަފުޅަށްޓަކައި ކުރީގެ ރައީސް ވަނީ އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ.ޕީޕީއެމްގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މައުމޫންވަނީ ރައީސް ޑރ ވަހީދުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.މިއަހަރަށް މަޖިލިސް ހުޅުވުމަށް މާޗު 1 ވަނަ ދުވަހު ބޭއްވި ޖަލްސާ އެމްޑީޕީ މަޖިލިސް މެމްބަރުންގެ ދެކޮޅު ހެދުންތަކާއެކީ ކުރިޔަށް ނުގެންދެވިގެން މަޖިލިސް ވަނީ ނުހުޅުވިއެވެ. ނަމަވެސް މި މަހު 19 ވީ ހޯމަދުވަހު އެމްޑީޕީ މަޖިލިސް މެމްބަރުންގެ ދެކޮޅުހެދުންތަކާއެކީވެސް މަޖިލިސް ވަނީ މިއަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ