އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ހިންގާ ފުރަތަމަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
މާލެއާއި އަތޮޅު ތެރޭގެ ސްކޫލްތަކުގެ ފިޒިކަލް އެޑިއުކޭޝަން ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި މި އަހަރު ޖުމްލަ 105 މީހަކު ވަނީ ބައިވެރިވެފައިވެއެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ ބުރުގައި މާލޭގެ ސްކޫލްތަކާއި އަތޮޅު ތެރޭގެ ސްކޫލްތަކުން ޖުމްލަ 60 މީހުން ބައިވެރިވެއެވެ.
މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ގެންދަނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައާއި އެތެރޭ ކޯޓުގައެވެ.
މި ކޯހުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫގައެވެ. މި މަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތޮއްޑޫގައި ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 45 މީހަކު މާލެއާއި އެހެނިހެން ރަށްރަށުން ވަނީ ބައިވެރިވެފައެވެ.
މި ކޯހުގައި ކިޔަވައި ދެއްވާނީ އައިއެޗްއެފްގެ އިންޓަނޭޝަނަލް ކޯސްތައް ހިންގާ ޖަރުމަނުގެ އިންސްޓްރަކްޓަރެކެވެ. އަދި މި ކޯހުން ފާސްވާ މީހުންނަށް އައިއެޗްއެފްގެ އެކްރެޑިޓެޑް ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ފުރަތަމަ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ