ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މ.ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުލްރައްޒާޤްގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ އޭނާގެ ބައިވެރިއެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން ބާޠިލުކޮށް، އޭނާ ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަމުގެ ކުށް ސާބިތުވުމުން ހުކުމް ކޮށްފައި ވަނީ މ. ކުދެހިގޭ ހުސައިން އާތިފު ގެ މައްޗަށެވެ. ހުކުމް ކުރީ، 18 އަހަރަށް ޖަލަށް ލުމަށާޢި 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. މި ހުކުމް ކޮށްފައި ވަނީ 2013 ނޮވެމްބަރު 23 ވަނަ ދުވަހުއެވެ.
އާތިފްގެ މައްޗަށް ހުކުމް ިއއްވާފައި ވަނީ، ފޯން ކޯލް ރިކޯޑިންގއެއްގެ މައްޗަށް ރިޢާޔަތްކޮށް އެކަނިއެވެ. އޭނާގެ ކޯލް ރިކޯޑުތަކާއި މެސެޖުތައް ބެލުމަށް ކޯޓު އަމުރު ދީފައި ވަނީ 23 ޖޫން 2011 އިން 23 ސެޕްޓެމްބަރު 2011 އަށެވެ.
ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ވިދާޅުވެފައި ވަނީ، އާތިފްއާ ދެކޮޅަށް ހުށަހެޅުނު ފޯނުކޯލް ރިކޯޑިންގގެ ހެއްކަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ އެއްޗެއްކަމާ މެދު އާތިފްގެ ވަކީލު ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި އެއީ ކޯޓު އަމުރެއްގެ ދަށުން ރިކޯޑު ކުރެވުނު ކޯލުތަކެއް ކަމުގައިވާ ނަމަ، އެތަކެތީގެ ލިޔެކިޔުންތައް ދެއްކުމަށް އެދުމުން، އާތިފްގެ ވަކީލަށް އެތަކެތި ދައްކާފައި ވިޔަސް، އެފަދަ އަމުރެއް އޮތްތޯ ޝަރީއަތުން ބަލާފައިވާކަން ނުވަތަ އެފަދަ އަމުރެއްއޮތް ނަމަ ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް އަންގަވާފައިވާކަން ނުވަތަ އެފަދަ އަމުރެއް އޮތްނަމަ އެއަމުރުގެ ކޮޕީ އާތިފަށް ހިއްސާކޮށްފައިވާކަން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެއެވެ.
މިހެން ކަމުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް ބާޠިލުކޮށްފައެވެ.
އިބްރާހިމް ޝަފާޒް އަބްދުލްރައްޒާޤްގެ މައްޗަށް ވެސް ޖަލު ހުކުމް އިއްވާފައި ވަނީ ފޯނުކޯލް ރިކޯޑިންގއެއްގެ މައްޗަށް ބިނާކޮށް ކަން ވެސް ފާހަގަ ކުރެވެއެވެ.
ސަފާގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ މީހެއް ހައި ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ