ގުގުރުމާއިއެކު ކެރީގެއަސަރުފޯރި ނަމަވެސް މޫސުން ޢާންމުގޮތެއްގައި ރަނގަޅު - މެޓް

ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެއަސަރުފޯރި ނަމަވެސް މޫސުން ޢާންމުގޮތެއްގައި ރަގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓްރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ގޮތުގައި ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
މާދަމާ ހެނދުނު 10:00 އާ ހަމަޔަށް މޫސުން ލަފާކުރާ ގޮތް ހާމަކުރައްވާ މޫސުމާ ބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުތައްވެސް މަޑުވާނޭ ކަމުގައެވެ.
އަދި މިދުވަސްވަރު ރާއްޖޭ ހިމެނޭ ސަރަޙައްދުގެ އުޑުމަތި ބަނަވެފައިވަނީ އިރުވައި މޫސުމުގެ ސަބަބުން ޖައްވުގައި ވައި ނުސާފުވެފައިވާތީ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް އުޑުމަތި ބަނަކޮށް ފެނުނުނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް އާއްމުކޮށް މޫސުން ރަގަޅުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ