ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފެންބިޅާ ކަރަންޓް ބިލް ދެއްކޭނެ ސޮފްޓްވެއަރއެއް ފެނަކަ ކޯޕަރޭޝަނުން މިއަދު ތަޢާރަފްކޮށްފިއެވެ.
މި ސޮފްޓްވެއަރ ތަޢާރަފްކޮށްދެއްވީ އެކަމަށްޓަކައި ޝީ ބިލްޑިންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.
ތަޢާރަފްކުރެވުނު ސޮފްޓްވެއަރއާއެކު އެކުންފުނީގެ ކޮންމެ ބްރާންޗަކުންވެސް ބިލް ދެއްކޭނެ އިންތިޒާމު ފެނަކައިން ހަމަޖައްސާފައިވާނެކަމަށް އެކުންފުނީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވިއެވެ.
ޚަބަރުއެމްވީ އަށް މަޢުލޫމާތު ދެއްވަމުން ލަމްޢާން ވިދާޅުވީ، މިއަދު ތައާރަފުކުރި ސޮފްޓްވެއަރއަކީ ކުރީއްސުރެ ފެނަކައިގެ ވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ ހިއްސާއާއެކު ތައާރަފުކުރެވުނު ސޮފްޓްވެއަރއެއްކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ކޭޝް ކާޑުންވެސް އެސޮފްޓްވެއަރ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ހަމަޖެހިގެން ދާނެކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ.
ލަމްޢާން އިތުރަށް ވިދާޅުވީ، ކޮންމެ ކަސްޓަމަރެއްވެސް ބިލް ނަމްބަރާ އަދި މީޓަރު ނަމްބަރު ބުނެލުމުން ބިލް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.
ފެނަކައިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ރައީސް ޔާމީން 24 ގަޑިއިރު ކަރަންޓް ޔަޤީންކުރުމަށް ފަށާފައިވާ މަސައްކަތްޕުޅުތަކާއި އަދި ރަށް ރަށުގެ ފެނާއި ނަރުދަމާ ހަރުދަނާ ގޮތުގައި ގާއިމްކޮށް، ހުރި ދަތިތަކާއި އުނދަގޫތައް ބަލާ އެކަންކަމަށް ހައްލު ހޯދުމެވެ.
އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އަތޮޅުތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެގޮތުން އެ ކުންފުނިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
ފެންބިލާ ކަރަންޓް ބިލް ދެއްކޭނެ ސޮފްޓްވެއަރއެއް ފެނަކައިން ތަޢާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ