ކޮވިޑް19: ރާއްޖޭގެ އުތުރުން ޓެސްޓު ނުކުރެވޭތީ މެމްބަރު ނަޝީދުގެ ކަންބޮޑުވުން

އުތުރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮވިޑު-19 އަށް ޓެސްޓު ނުކުރެވޭތީ ނޮޅިވަރަމް ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ އިން ޓެސްޓު ނުކުރެވޭ ކަމަށް ބުނާއިރު މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވެސް ކޮވިޑު-19 އަށް ޓެސްޓު ނުކުރެވޭ ކަމަށެވެ. އަދި، ތިލަދުންމަތި ބާކީ ކުރުން ނުހުއްޓޭ ކަމަށާއި ވަކި ސަރުކާރެއް އެކަމުގައި ނެތް ކަމަށާއި ހުރިހާ އެންމެން އެއްވަރު ކަމަށެވެ. "އައްޑޫއިން ޓެސްޓު ނުހެދޭކަމަށް ބުނާއިރު މާލެ ފިޔަވާ އެންމެ ގިނަބަޔަކު ޚިދުމަތް ހޯދާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައިވެސް ޓެސްޓް ހެދޭ ތޯ"  އަމިއްލަ ގޮތުން ވާދަކޮށް މަޖިލީސް އިންތިހާބު ކާމިޔާބު ކުރެއްވި މޮސްޓާގެ ޓުވީޓުގައި ވިދާޅުވިއެވެ.ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރާފައިވާއިރު ރާއްޖޭއި އަދި ކޮވިޑު-19 އަށް ޓެސްޓު ކުރެވެނީ ވެރިކަންކުރާ މާލޭ ސިޓީން އެކަންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުން ކޮވިޑް-19 އަށް ޓެސްޓް ހެދެން ނެތުމުގެ ކަންބޮޑުވުން ސިއްހީ ދާއިރާއިންވެސް ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ.މިކަމާ ގުޅިގެން ސަރުކާރުން ވިދާޅުވަނީ މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ޓަކައި ބޭނުންވާ ސިއްހީ ވަސީލަތްތައް އުފެއްދުމާއި ލިބުމުގައި ތާށިތަކެއް އެބަ ހުރި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ހިސާބަކުން ސާމްޕަލް ނެގޭ ކަމަށާއި އެ ނަގާ ސާމްޕަލްތައް މާލެއަށް ގެނެސް 24 ގަޑިއިރު ތެރޭ ޓެސްޓް ކުރެވޭނެ ގޮތް ވެސް ހަމަޖެހިފައިވާ އެބެހުރި ކަމަށެވެ.އަދި ސަރުކާރުން އަންނަނީ އުތުރުގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ށ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ 20 އެނދާއި 35 އައިސޮލޭޝަން އެނދު ތަރައްޤީ ކުރަމުންނެވެ. ނަމަވެސް އުތުރުގެ އެންމެ ސިއްހީ ހިދްމަތަށް ބަރޯސާވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކޯވިޑް19 އަށް ފަރުވާ ދޭ ހާއްސަ ހޮސަޕިޓަލުގެ ތެރޭގައި ނުހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ