އައްޑޫ ސިޓީގައި ބާއްވާ ސްކޫލް ކުދިންގެ ދެ ވަނަ ފެތުމުގެ މުބާރާތް ބުދަ ދުވަހު ފަށަނީ

ސްވިމިން އެސޯސިއޭޝާނުން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ބާއްވާ ސްކޫލް ކުދިންގެ ދެ ވަނަ ފެތުމުގެ މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، އައްޑޫ ސިޓީ، ހިތަދޫ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުަމށް ހަމަޖެހިފައި ވަނީ އަންނަ ބުދަދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ . އަދި މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން އައްޑޫ ސިޓީގައި ބޭއްވޭ މުބާރާތެއް ކަަމަށް ވެސް ސްވިމިން އެސޯސިއޭޝާނުން މައުލޫމާތު ދެއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މިމުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށައި އެގޮތުން މުބާރާތުގަިއ ވާދަކުރާ އުމުރު ފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ ވެސް މިމުބާރާތުގައި ހިމެނޭ ކަމަށް ސްވިމިން އެސޯސިއޭޝާނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މި މެއި މަހުގެ 09 ން 10ގެ ނިޔަލަށް 10 އަހަރާއި، 8 އަހަރާއި އަދި 6 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފެތުންތެރިންނަށް ޙާއްސަކޮށްގެން ބާއްވާ ކިޑްސް ސްވިމިންގ ފެސްޓިވަލްވެސް ބޭއްވުމަށް ވަނީހަމަޖެހިފައި ކަމަށް ވެސް ސްވިމިން އެސޯސިއޭޝާނުން މައުލުމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ