ނިލަންދޫ ރަށު ކައުންސިލް މެމްބަރު ކަމަށް އަޙުމަދު ޝިޔާމް އަދި ރިލްވާން މޫސާ ކުރިމަތިލައިފި އެވެ.
ކުރިން އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް ނިންމައިގެންހުރި ޝިޔާމް، އަތޮޅު ކައުންސިލަށް ކުރިމަތިލުމުގެ ވިސްނުން ދޫކޮށް ރަށު ކައުންސިލަށް ކުރިމަތިލަނީ ކީއްވެގެން ކަމަށް އެނގިފައި ނުވެއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނިލަންދޫ ކައުންސިލަރު ކަމަށް ޢައްޔަންކުރި ޝިޔާމްގެ ކެނޑިޑެސީ ފޯމް އިލެކްޝަނަށް ހުށަހަށާލައިވާ ކަމަށް ޝިޔާމުގެ ގާތް މީހަކު ނިލަންދެ.ކޮމް އަށް މަޢުލޫމާތުވަނީ ދީފައި އެވެ.
ޝިޔާމުގެ އިތުރުން ރާއްޖޭގެ އެކި މީޑިއާތަކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ރިލްވާންވެސް ފޯމް ހުށަހަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ޝިޔާމް އާއި ރިލްވާން ނިލަންދޫ ރަށު ކައުންސިލް މެމްބަރު ކަމަށް ވާދަކުރަނީ އަމިއްލަ ގޮތުން ކަމަށް އެނގިފައި ވެއެވެ.
ނިލަންދޫ ކައުންސިލަށް މިހާތަނަށް ކުރިމަތިލާފައިވާ ފަރާތްތައް
ނިލަންދޫ ކައުންސިލް ރައީސް ކަމަށް:
ޢަލީ އަޙުމަދު (ޕީޕީއެމް)، މުޙައްމަދު ޚަލީލު (އެމްޑީޕީ)، ޢަބްދުއްލަތީފު މުޙައްމަދު (އަމިއްލަ)
ނިލަންދޫ ކައުންސިލް މެމްބަރު ކަމަށް:
އިބްރާހީމް މުޙައްމަދު (ޕީޕީއެމް)، މުޙައްމަދު ސޯ (ޕީޕީއެމް)، ނަޝީދާ (ޕީޕީއެމް)، ސަމީރާ (ޕީޕީއެމް)، ޝަމްސުއްނިސާ (އެމްޑީޕީ)، ޢަބްދުއްރަޝީދު މުޙައްމަދު (އެމްއާރުއެމް)، އަޙުމަދު ޢަލީ (އަމިއްލަ)، ނީޝާ (އަމިއްލަ)، އުއްމު ކުލްސޫމް (އަމިއްލަ)، ލިއުޝާ ޙަސަން (އަމިއްލަ)، ނަސީމް (އަމިއްލަ)، އަޙުމަދު ޝިޔާމް (އަމިއްލަ)، ރިލްވާން މޫސާ (އަމިއްލަ)
ނިލަންދޫ ކައުންސިލް މެމްބަރު ކަމަށް ޝިޔާމް އަދި ރިލްވާން ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ