ހުޅުމާލޭގައި ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ” ފުލުހުންނަކީ ރައްޔިތުން- ރައްޔިތުންނަކީ ފުލުހުން” ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ވިޔަފާރިކުރާ ބައެއް ތަންތަނަށް ފުލުހުން ޒިޔާރަތްކޮށް ހޭލުންތެރިކޮށް ކުށްމަދުކުރުމުގެ ގޮތުން ތަފާތު މަޢުލޫމާތާއި ހުޅުމާލޭގައި އަމާން ވެށްޓެއް ޤާއިމްކުރުމުގައި ފުލުހުންނާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ހޯދާފައިވެއެވެ.
އަދި ފުލުހުންގެ ޚިދުމަތާއި ދޭތެރޭ ރައްޔިތުން ދެކޭގޮތާއި ވިޔަފާރި ކުރާތަންތަން ވަށައިގެން ވާ ވެށި އިނގޭ މިންވަރާއި ބެހޭގޮތުން ފީޑްބެކް ފޯމެއް ވަނީ ފުރާފައެވެ. މީގެއިތުރުންވެސް ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ދެފަރާތް ގުޅިގެން ކުށްމަދުކުރުމަށް މަސައްކަތްކުރުމާއި ބެހޭގޮތުން ވާހަކަދެކެވިފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާއިރު މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ހުރިހާ ފިހާރަތަކަށާއި ގެސްޓް ހައުސްގެ އިތުރުން މީހުން ދިރިއުޅޭ ގޭގެއަށާއި ފްލެޓްތަކަށް ފުލުހުން ޒިޔާރަތް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ