މާހިރުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި

އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުގެ މެމްބަރ، އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓްމިނިސްޓަރކަން ވެސް ކުރައްވާފައިވާ މުހައްމަދު މުހައްމަދު މާހިރު އީސާ ( މާހިރުބެ ) 10 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން ކޯޓުގެ އަމުރެއްގެ ދަށުން މާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.
ރޭ 08:15 ހާއިރު މާހިރު ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް އަނިޔާކުރުމަށް ހިތްވަރުދީ އުސްފަސްގަނޑުގައި ވާހަކަ ދައްކާފައިވާތީ ކަމަށް ފުލުހުން ބުނެ އެވެ.
އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު ވިދާޅުވެފައިވަނީ “ބަޣާވާތް” ކުރި އެންމެން “މަރާ ތިރިއަރުވާލަން” ޖެހޭ ކަމަށާއި އެއީ އެންމެންގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.
“އެއީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް، ދީނީ ވެސް ވާޖިބެއް، އަޅުގަނޑު އިއްޔެ ގުޅާލީ ހަމަ ފުންނާބު އުސް ބޮޑު ޝޭޙަކަށް، ދެން ނަމެއް މިތާ އަޅުގަނޑު ބުނެއެއް ނުލާނަން، އަޅުގަނޑު ދަންނަވާލަން މިހާރު ކިހިނެއްތޯ މިކަންތައް ވެގެން މިދަނީ، މި މުޒާހަރާގެ ކަންތަކާއިދެން ރޯދަ މަހުގެ ކަންތައް، އެބޭފުޅާ ވިދާޅުވީ އޭ ކަލޯއޭ ތި ހަދަނީ ނުބައިކޮށޭ، މާ މަޑީއޭ ތިބިލެއް، ހުސް އަތާއި ނުދާށޭ، އިސްލާމް ދީނުގައި އޮތީ ބާޣާވާތް ކުރި މީހުން އެންމެ ފަހު މީހާ އާއި ހަމައަށް މަރާއި ތަޅައި ބިމަށް ތިރި އަރުވާލަންށޭ.” މާހިރު ވިދާޅުވި އެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު މާހިރު ގައިގައި ފުލުހުން “ފްލައިންގް ކިކް” ޖެހި މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުގެ މެމްބަރ، އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓްމިނިސްޓަރކަން ވެސް ކުރައްވާފައިވާ މުހައްމަދު މުހައްމަދު މާހިރު އީސާ ( މާހިރުބެ ) ދޫކޮށްލުމަށް އެމްޑީޕީން މިއަދު ގޮވާލާފައިވެ އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައިވަނީ މާހިރުބެއަށް ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމާއި ގުޅިގެން ހައްޔަރުކުރި ކުރުމަކީ އެ ބޭފުޅާ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓުވުމަށް ފުލުހުން ރާވާއިގެން ހިންގާފައިވާ ގާނޫނު އަސާސީ އާއި ޚިލާފް އަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ