ގާސިމް މަރާލި މައްސަަލާގެ އަޑުއެހުންތައް މާދަމާ ފަށަނީ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުންތައް ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ގާސިމް މަރާލި މައްސަލާގައި އަދުހަމް މުހައްމަދުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރުމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެއެވެ. އެމައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ 9:30 ގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ޓެކްސީގައި ދަނިކޮށް ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރާލި ކަމަށް އަދުހަމް ވަނީ އިއުތިރާފްވެފައެވެ. އަދުހަމް ތަހުގީގަށް ކިޔައި ދިން ގޮތުގައި އޭނާ މަސައްކަތް ކުރީ ގާސިމް އަތުން ފޭރުމަށެވެ. ގާސިމްގެ އަތުން ފޭރުމަށްޓަކައި ކަރުގައި ވަޅި ޖެއްސި އިރު، ކަރަށް ވަޅި ހެރީ ގަސްދުގައި ނޫން ކަމަށް އަދުހަމް ވަނީ ތަހުގީގުގައި ކިޔައިދީފައެވެ.
އަދުހަމަކީ ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ގާސިމްގެ ގާތިލް އަދުހަމްގެ މައްޗަށް އެހެން މައްސަލައެއްގައި ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ