ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ކެންސަލްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލަތަކުގައި ތާވަލުކުރެވިފައިވާ އަޑުއެހުންތައް ކެންސަލްކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކޯޓުގައި ތާވަލުކުރެވިފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވަނީ ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮވިޑް-19 ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ސުޕްރީމް ކޯޓުން އަޑުއެހުންތައް ހުއްޓާލާފައިވާކަން އިޢުލާނުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ. އަޑުއެހުންތައް ކެންސަލް ކުރުން pic.twitter.com/wLsdigRQNW— Supreme Court of the Maldives (@SCMaldives) March 18, 2020އެގޮތުން ސުޕްރީމް ކޯޓުގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ހިމަނާފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން، މާދަމާ 19 މާޗުން ފެށިގެން، މާޗު މަހުގެ 26 ވަނަ ދުވަހާ ހަމައަށް ތާވަލުކުރެވިފައިވާ ހުރިހާ އަޑުއެހުންތައް ހުއްޓާލާ ކަމުގައެވެ. އަދި އެކޯޓުން ކެންސަލުކުރާ އަޑުއެހުންތަކާ މެދު ކަންކަން ކުރާނެ ގޮތްވެސް އެކޯޓުން ހާމަކޮށްފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުން ބުނެފައިވަނީ 26 ވަނަ ދުވަހާ ހަމައަށް ތާވަލުކުރެވިފައިވާ ހުރިހާ އަޑުއެހުންތަކެއް ކެންސަލްކުރި ނަމަވެސް އެއަޑުއެހުންތައް ފަހުން ތާވަލުކުރެވިގެންދާނެ ކަމުގައެވެ. ދިވެހިރާއްޖެއިން ކޮވިޑް-19 ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން، ސަރުކާރުންވަނީ ސަރުކާރު ހަފުތާއެއްގެ މުއްދަތަށް ބަންދުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން އެކޯޓުގެ އަޑުއެހުންތައް ކެންސަލްކުރަންވެސްވަނީ ނިންމާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ