މާލޭ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ

މާލޭ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެކަން މި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތްދެމުންދާ ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ސްޓެލްކޯ އިން ބުނެފައިވަނީ ކަރަންޓު ކެނޑޭނީ އޭޑީކޭ ހުންނަ ސަރަޙައްދުން މިއަދު ހެނދުނު 9:00 އާއި 12:00 އާއި ދެމެދު ކަމަށެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކަރަންޓު ކަނޑާލަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައެވެ.
ސްޓެލްކޯ އިން ބުނީ މިގޮތަށް ގަޑި ބަޔާންކޮށްފައި ވީނަމަވެސް މަސައްކަތް ނިމުނު އެންމެ އަވަހަކަށް ޚިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ މިކަމާއި ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ