އަދާލަތު މަކުނުދޫ ގޮފީގެ ފަރާތުން ސްކޫލް ކުރިމަތީ މަގު ހިޔާކުރަން ނިންމައިފި

ހދ. މަކުނުދޫ ޢަދާލަތު ގޮފީގެ ފަރާތުން އެރަށު ސްކޫލް ކުރިމަތިން އޮންނަ މަގުގެ ސްކޫލް އާއި ވީ ހިސާބު ހިޔާކުރަން ނިންމައިފިއެވެ.ދިއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން އަދާލަތު މަކުނުދޫ ގޮފީގެ ނައިބް ރައީސް އަދި ރަށު ކައުންސިލްގެ ވެސް ނައިބް ރައީސް އަލީ ނަޝީދު ވިދާޅުވީ އެގޮތަށް އެމަސައްކަތް ކުރުމަށް ނިންމާ މިހާރު މަސައްކަތުގެ %90 ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާ އަވަސް މުއްދަތެއް ތެރޭގައި މަސައްކަތް ނިންމާލުމަށް ކަމަށެވެ.އިތުރަށް މަޢުލޫމާތު ދެއްވަމުން އެފަރާތުން ހާމަ ކުރިގޮތުގައި އެމަސައްކަތަކީ ސްކޫލް އަށް ކުދިން ބަލާ އައިސް ތިބޭ ބެލެނިވެރިން އަވީގައި ތިބެން ޖެހުމުގެ ސަބަބުން އެކަމަށް ލުޔެއް ހޯދައި ދިނުމުގެ މަޤްސަދުގައި އަދާލަތު ޕާރޓީ މަކުނުދޫ ގޮފިން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ