ޕީޖީން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އަމުރުކޮށްފި
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އެ ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަނެއްކާ ވެސް އަމުރުކޮށްފިއެވެ.
އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޮއި ކުރައްވައި މިއަދު ނެރުއްވި އަމުރުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައި މިހާރު ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކޯޓަށް ހުށައަޅާ މައްސަލަތައް ބަލައިގަންނަމުން ގެންދިއުމަށްވެސް މި އަމުރުގައިވެއެވެ. ޕީޖީން ކުރާ ދައުވާތަކުގެ ޝަރީއަތްތައް ފެށުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް މިއަދު އަމުރު ކުރިއިރު، މި މަހުގެ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެފަދަ އަމުރެއްކޮށްފައެވެ.
ޕީޖީގެ މަގާމް ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ފަންސަވީސް ވަނަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރަޢީސް ޔާމީން މަޖިލީހަށް ނަމެއް ފޮނުވި ނަމަވެސް މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެނަން ދިރާސާ ކުރުމަށް ކޮމިޓީ މަރުހަލާގައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ