އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ސަބަބެއް ހާމައެއް ނުކުރޭ

ހޯމަދުވަހުގެ ރޭ ފުހުން ހައްޔަރު ކުރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަކި ސަބަބެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ފުލުހުން ކުރި ޓްވީޓްތަކެއްގައި ވަނީ މި ދެބޭފުޅުން ވެސް ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީ ފައެވެ.
ފުލުހުން ހަމައެކަނި ބުނެފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ދެބޭފުޅުން ހައްޔަރުކޮށްފައި ވާކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށްފައި މިވަނީ ސުޕްރީމް ކޯޓަށް ފުލުހުންނާއި ސިފައިން ވަދެގަތްތާ ގާތްގަނޑަކަށް ހަތް ގަޑިއިރު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ