މޫސުން ގޯސްވާނެތީ އެލާޓު ނެރެފި

ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.
އެލާޓް ނެރެފައިވަނީ މިއަދު 14:15 އިން 18:00 އާ ހަމައަށް، ނ. އަތޮޅާއި ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ނ. އަތޮޅާއި ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރު މިނުގައި ވައިޖެހޭނެއެވެ.
މިއަދާއި މިރޭ، ރާއްޖޭގެ އެންމެ ދެކުނު އަތޮޅުތަކަށް މޫސުުން ރަނގަޅުވާނެ ކަމަށާއި އެހެން އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ.
އިރުއުތުުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާ އަށް މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު ހަތް މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ