2 ޖަނެރޭޓަރަކަށް މައްސަލަ ޖެހިފައިވާތީ ކަރަންޓު ކެނޑުން އެކަށީގެންވޭ: ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 2 ޖަނެރޭޓަރަކަށް މައްސަލަ ޖެހިފައިވާތީ ލޯޑް މަތިވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފެނަކަ އައްޑޫ އޮފީހުން ބުނެފިއެވެ.
ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށާއި އެހެން ކަމުން ކަރަންޓު ބޭނުން ކުރުމުގައި ވީހާ ވެސް "ބަލައިގެން ކަރަންޓު ބޭނުން ކުރުމަށް އެދޭ" ކަމަށެވެ.
" 2 ޖަނެރޭޓަރަކަށް މައްސަލަ ޖެހިގެން އުޅޭތީ ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓު ކެނޑިދާނެ. އެހެންވެ ގޭ ބިސީތަކުން ކަރަންޓު ބޭނުންކުރުމުގައި ވީހާވެސް މަދުން، ބަލައިގެން ކަރަންޓު ބޭނުން ކުރުމަށް އެދެން" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، 2 ޖަނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިންޖީނުގޭގައި ހުރި 2 މެގަވޯޓުގެ 2 ޖަނެރޭޓަރުން ކަރަންޓު ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ