އައްޑޫ ގެއަކަށް ބައި މިލިއަން ރުފިޔާގެ ކަރަންޓް ބިލެއް ފެނަކައިން ފޮނުވައިފި

އައްޑޫ ސިޓީ ހިތަދޫ ގެއަކަށް ބައި މިލިއަން ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވައިފިއެވެ.
ސޯސަލް މީޑިއާގައި މިހާރު ފެތުރެމުންދާ އެބިލްގައިވާ ގޮތުން ފެނަކަ ކޯޕަރޭޝަނުން ފޮނުވާފައިވާ އެބިލަކީ މިދިޔަ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން 2018 ގެ ޖެނުއަރީ 26ގެ ނިޔަލަށް އެ ގެއިން ބޭނުންކުރި ކަރަންޓަށް ޗާޖްކޮށްފައިވާ ބިލެކެވެ.
ބިލްގެ ޖުމްލަ އަދަދުގެ ގޮތުގައި ވަނީ 495،111.42 (ހަތަރު ލައްކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ އެގާރަ ރުފިޔާ ސާޅީސް ދެ ލާރި) އެވެ.
Addu city Ge ehge January Mahuge Current Billah Bai Millioneh haa Rufiyaa pic.twitter.com/UyKDZJG8H0
 
ހިތަދޫގެ އާންމު ގޭބިސީތަކުގެ ކަރަންޓް ބިލްތައް އުޅެނީ އެވްރެޖް ގޮތެއްގައި 4000ރ. އާއި 3000ރ. އާ ދެމެދުގައެވެ.
އެނގިފައިވާ ގޮތުގައި އެބިލަށް އެހާ ބޮޑު އަދަދެއް އެރުމުން އެ ގޭ މީހުން ވަނީ ފެނަކައަށް ޝަކުވާ ހުށަހަޅާފައެވެ. އަދި އެއީ އޮޅިގެން ޖެހިފައިވާ އަދަދެއް ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. 
އެނގިފައިވާ ގޮތުގައި ފެނަކަ އިން ވަނީ ފާއިތުވި ޑިސެމްބަރު މަހު ހިތަދޫގައި ހަތަރު މީހުން ދިރިއުޅެމުންދާ ގެއަކަށް 23،0004ރ. އަށް ވުރެ ބޮޑު ފެން ބިލެއް ވެސް ފޮނުވާފައެވެ.
މިފަދަ ބޮޑު އަދަދެއް ޖަހައިގެން ކަރަންޓް ބިލެއް ސްޓެލްކޯ އިން މާލޭގެ ގެއަކަށް ފޮނުވި މައްސަލައެއް ވެސް މިދިޔަ އަހަރު ފެންމަތި ވެފައި ވެއެވެ. އަދި މީގެ ކުރިން ވެސް ދޭތެދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވެއެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ