މާލޭގެ ބޮޑު ބަޔަކުން މިއަދު ކަރަންޓް ކެނޑި އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
"މައްސަލަ ހައްލުކުރަން މިހާރު މަސައްކަތް ކުރަމުން އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯގައި ކަރަންޓް ދޭ އިންޖީނުތަކަށް މައްސަލަ ކުރިމަތިވެ، ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑެ އެވެ. މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ