ރާއްޖޭގެ ކަނޑުގެ ރާޅުން ކަރަންޓު އުފެއްދޭތޯ ބަލަނީ

ދިވެހިރާއްޖޭގެ ކަނޑުގެ ރާޅުތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދޭތޯ ބެލުމަށް ޖަޕާނުގެ ޔުނިވާސިޓީއަކާ އެންވަރަމެންޓް މިނިސްތްރީއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ގްރެޖުއޭޓު ޔުނިވާސިޓީއާއި އެންވަރަމެންޓު މިނިސްޓްރީއާއި ދެމެދު ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ރާޅު ބޭނުންކޮށްގެން ކަރަންޓު އުފެއްދޭތޯ ބަލާއިރު ބޭނުން ކުރާނީ ރާޅު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް އެ ޔުނިވާސިޓީން އުފައްދާ އާލާތްތަކެކެވެ.
އެ ޕްރޮޖެކްޓު ހިންގުމަށް އެންވަރަމެންޓު މިނިސްޓްރީގެ އިތުރުން މާލޭގެ ދެކުނުގައި އޮންނަ ހޮލިޑޭ އިން ރިސޯޓު ކަނޑޫމާގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ކަނޑުމާ ރިސޯޓާ 50 މީޓަރު ދުރު ސަރަހައްދެއްގައި އެ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ އިރު އެ ޕްރޮޖެކްޓަސް ބޭނުންވާ ތަކެތި މިހާރުވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށް ވެސް އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާއި ހަވާލާދީ އެ ނޫސްތަކުގައި ބުނެފައިވެއެވެ.
އެޕްރީލު މަހުގެ ތެރޭގައި ޖަޕާނުން ގެންނަން އެ އާލާތްތައް ހަރުކޮށްގެން މަސައްކަތް ފެށުމަށްފަހު އިތުރު އާލާތްތަކެއް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ގެންނާނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ