މާލޭގެ މަޖީދީމަގުގައި އެންމެ ގިނަ ފިހާރަ ހިންގަނީ އައްޑޫ އަށް ނިސްބަތްވާ މީހުންނެވެ. މާލޭގައި ދިރިއުޅޭ އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ އަދަދު އެހާ ގިނައެވެ. މާލޭގައި ހުރި ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވައިދިނުމުގައި ވެސް އެންމެ އުހުގައި ތިއްބެވީ އައްޑޫގެ ފަޙުރުވެރި ދަރިންނެވެ.
މިއީ އައްޑޫ ރައްޔިތުންނާއި މާލެ އާއި އޮތް ގުޅުމެވެ. މިފަދަ ގުޅުމެއް އޮތްވައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ މާލެ/ހުޅުލޭ ބްރިޖްގެ ސަބަބުން އައްޑޫ މީހުންނަށް ފައިދާ ކުރާނެ އޭ ބުނީމާ ލާދީނީ އަދި ފަނާކުރުވަނިވި ފިކުރުގެ މީހުންނަށް އެބޭފުޅާ ގޯސްވެއްޖެއެވެ.
ތިމަންނާމެންގެ ރޫހާނީ ލީޑަރުންގެ ވަށައިގެން އެނބުރޭ ވަހުތާނަކަށް ވެގެން ތިބޭއިރު ހަގީގަތް ވެސް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. ނުވަތަ ޣާފިލުކަން މިނަށް ވުރެ ބޮޑުވީ ކަމަށް ވެސް ވެދާނެއެވެ.
ބްރިޖު އެޅުމުން އެ ބްރިޖުން ދަތުރު ކުރުމުގެ ފަސޭހަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ކަމެވެ. އެއާޕޯޓުން މާލެއަށް އަދި މާލެ އިން ހުޅުމާލެއަށް ދާން ވެސް ފަސޭހަވީއެވެ.
ވެގެން އުޅޭ ގޮތަކީ މާލެ/ހުޅުލޭ ދެމެެދު ނަޝީދަށް ބްރިޖެއް ނޫޅުމުން ބްރިޖް އެޅުމާއި ގުޅުވާފައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމެވެ. ނަޝީދު އަދި އެމްޑީޕީގެ ތޮބީޢަތުގައި ރައްޔިތުންނަށް ހެވެއް އެދުމެއް ނެތެވެ. ހުރީ އަމިއްލަ އެދުމާއި ފިތުނަ އުފެއްދުމެވެ.
އައިބީ ވިދާޅުވީ ތެދެއް، ބްރިޖުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ އައްޑޫ ރައްޔިތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ