ބަޖެޓުގައި ރައްޔިތުން ބޭނުންވާ ކަންތައް ޖައްސަވަން ކެރިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން!

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 52 އަހަރު ވެގެން ގޮސްފައިވާއިރު، މިހާތަނަށް 4 ރައީސަކު ވަނީ ވެރިކަން ކުރައްވާފައެވެ. ރައީސް އަބްދުﷲ ޔާމީނަކީ މިނިވަންކަން ލިބުނު ފަހުން ރާއްޖޭގެ 5 ވަނަ ރައީސެވެ.
އެމަނިކުފާނުގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި،  ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި އެމީހުން ވެރިކަން ކުރެއްވީ ރައްޔިތުންގެ އަޑުތައް އަހައިގެން ކަމަށެވެ. ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވި ކަމަށާއި ރައްޔިތުންނަށް އުފާވެރިކަން ވެސް ގެނެސްދެއްވި ކަމަށް ދައުވާ ކުރައްވައެވެ.
އެވާހަކަތަކަށް މިއަދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހަޖޫ ޖަހަމުން އެބަގެންދެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރު މިއަދު އެމީހުންނަށް އެނގޭތީއެވެ. ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް 30 އަހަރުން ނުހިންގެވުނު މަޝްރޫޢުތައް މިއަދު 3 އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާތީއެވެ.
ހއ. ތުރާކުނުން ފެށިގެން ސ.ގަމާއި ހަމައަށް ހުރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނާއި ނަރުދަމާ ބޭނުންވާކަން ކުރީގެ ރައީސުންނަށް ވެސް އެނގިވަޑައިގަންނަވައެވެ. އެހެން ނަމަވެސް ބަޖެޓުގައި އެ މަޝްރޫޢޫތައް ހިންގަވާނެ ގަޓެއް ނެތީއެވެ.
އަތޮޅު ތެރޭގެ ރައްޔިތުންގެ ހައްގުގައި މަޝްރޫޢެއް ފަށައިފި ނަމަ ދައުލަތް ދަރަނިވެރިވެދާނެ ކަމުގެ ބިރު އެބޭފުޅުންގެ ހިތްޕުޅުގައި އޮންނެވީ ކަމަށް ވެދާނެއެވެ. ނުވަތަ ވެރިކަމުގެ ތަޚުތުގައި އިންނަވާއިރު އޭގެ ވަށައިގެން ފެނިވަޑައިގަންނަވާ ހިސާބަށް ވުރެ ދުރު ތަރައްޤީ ކުރައްވަން ބޭނުންފުޅު ނުވީއެވެ.
އެހެން ނަމަވެސް މިއަދު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަކީ ރައްޔިތުން ބޭނުންވާ ކަންތައް ދައުލަތުގެ ބަޖެޓުގައި ޖައްސަވަން ކެރިވަޑައިގަންނަވާ ވެރިޔެކެވެ. މައުމޫނުގެ ދިގު 30 އަހަރަށް ވުރެ ގިނައިން ބަނދަރު ޕްރޮޖެކްޓްތައް އެންމެ 3 އަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނުއްވައިފިއެވެ.
30 އަހަރުން އަތޮޅުތެރޭގައި ގާއިމް ނުކުރެވުނު ނަރުދަމާގެ  ނިޒާމުތައް ރައީސް ޔާމީންގެ ސަރުކާރުން ގާއިމްކޮށްދެއްވަނީއެވެ. ރައްޔިތުން ބޭނުންވާތީ ބަޖެޓުގައި ހިމަނައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ