ފާރު ބިނާކުރަން ފައިސާ ހަމަޖައްސައިނުދީފި ނަމަ ސަރުކާރު ބަންދުކުރާނަން: ޓްރަމްޕް

ވޮޝިންގްޓަން (29 ޢޭޕްރީލް): އެމެރިކާ އާއި މެކްސިކޯ އާ ގުޅޭ ބޯޑަރު ސަރަަހައްދު ކައިރީ ބިނާކުރަން އުޅޭ ފާރު ބިނާކުރަން އެމެރިކާގެ ކޮންގްރެސް އިން ފައިސާ ހަމަޖައްސައިނުދީފި ނަމަ އެމެރިކާ ސަރުކާރު ބަންދުކުރާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްފައިފި އެވެ. އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި ކެމްޕެއިން ރެއިލްއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ބޯޑަރުތައް ނުބެލެއްޓިއްޖެ ނަމަ ސަރުކާރު ބަންދުކުރަން ޖެހޭ ކަމަށެެވެ. "ސެޕްޓެމްބަރު 28 އާ ހަމައަށް ފައިސާ ނުލިބެއްޖެ ނަމަ، ސަރުކާރު ބަންދުކުރުން ނޫންގޮތެއް ނެތް. ބޯޑަރު ސެކިޔުރިޓީ ކޮންމެހެންވެސް ބަލަައްހަޓަން ޖެހޭ." ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާ އަށް އެތެރެވާ މީހުން ކޮންޓްރޯލް ކުރުމަށް އިމިގްރޭޝަން ގަވާއިދަށް ބަަދަލުގެންނަން ޖެހޭ ކަމަށް ބުނެ ޓްރަމްޕް ވަނީ އެފަދަ އިންޒާރެއް މީގެ ކުރިން ދެއްވައިފަ އެވެ. އެ މައްސަލާގައި ކުޑަދުވަސްކޮޅަކަށް އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަ އެވެ. ޓްރަމްޕް ވިދާޅުވީ މެދުތެރޭ އެމެރިކާގެ ގައުމުތަކުން ގިނަ އަދެއްގެ ބަޔަކު އެމެރިކާއަށް އެތެރެވަމުންދާ ކަމަށާއި އޭގެ ސަބަބުން އެމެރިކާގައި ބޮޑެތި ކުށްތައް އިތުރުވަމުންދާ ކަމަށެެވެ. އެހެންކަމުން އެމެރިކާގެ ބޯޑަރު އިތުރަށް ބަލަހައްޓަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މެދުތެރޭ އެމެރިކާގެ ގައުމުތައް ކަމަށްވާ ހޮންޑިއުރާސް، ގުއަޓަމާލާ އަދި އެލް ސެލްވެޑޯގައި ހަރަކާތްތެރިވާ ގެންގުތަކުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެގައުމުތަކުގެ ގިނަ ބަޔަކު އެމެރިކާއަށް އެތެރެވެ އެވެ. މަސްދަރު: ރޮއިޓާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ