ގާސިމް އިބުރާހިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ރިޝްވަތުދޭން އުޅުނު ކަމުގެ ކުށް ސާބިތުވެ ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ފޮނުވާފައިވަނީ އެހެން ގައިދީންނަށްވެސް ކުރާ ޝަރުތުތަކާއެކުގައި ކަމަށް ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.ގާސިމްގެ ބޭސްފަރުވާއާއި ގުޅޭގޮތުން ޗެނަލްތާޓީންއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވީ މާމިގިލީ ދާއިރާގެ ކުރީގެ މެންބަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ފޮނުވާފައިވަނީ ޓްރެވެލް ޑޮކިއުމަންޓްގައި އެހެންގައިދީނަށްވެސް ކުރާ ޝަރުތުތަކާއެކުގައި ކަމަށާއި އެ ޝަރުތުތަކާ ޚިލާފުވޭތޯ ކަރެކްޝަނުން ބަލާނެކަމަށެވެ. އަދި ގާސިމަށް ބޭސްފަރުވާ ކުރުމަށް ދީފައިވަނީ ދިހަ ދުވަހުގެ މުއްދަތެއްކަމަށް މިނިސްޓަރ ވިދާޅުވި މިނިސްޓަރ ވިދާޅުވީ ސިންގަޕޫރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދީފައވާއިރު، ބޭސް ފަރުވާ ނިމިގެން ރާއްޖެ އައިސް ބޭސްފަރުވާ ކުރިއަށް ގެންދިޔަ ގޮތުގެ ހުރިހާ ތަފްސީލެއް ކަރެކްޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.މިކަމާއި ގުޅޭގޮތުން ޗެނަލް ތާޓީން އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދީފައިވަނީ ރާއްޖެއިން ނުކުރެވޭ މެޑިކަލް ޓެސްޓްތަކެއް ކުރުމަށް ޑޮކްޓަރުން ލަފާދެއްވުމާއި ގުޅިގެންކަމަށާއި މިކަން ލަސްވެފައިވަނީ ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށް ފުރިހަމަ ކުރުމަށްކަމަށެވެ.ތިން އަހަރާއި ދެ މަހާއި ބާރަދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ގާސިމްގެ ސިއްހީ ހާލަތުގޯސްވެ ފަރުވާ ހޯއްދަވަމުން ގެންދެވީ އައިޖީއެމް ހޮސްޕިޓަލުންނެވެ.ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ ކަންތައްތަކާއި ގުޅިގެން އިދިކޮޅުފަރާތްތަކުން ބުނަމުން ދިއައީ ސަރުކާރުން އެއްވެސް ވަރަކަށް ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތާއިމެދު ނުވިސްނަވާ ކަމަށާއި، ގަސްތުގައި ބޭސްފަރުވާގެ ކަންތައްތައް ލަސްކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރަމުންދަނީ ކަރެކްޝަނަލް ސާވިސްއިން ކަމަށާއި އެކަންކަން ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްދާނެކަމަށެވެ. އައިޖީއެމްޗުން ގާސިމް އިބްރާހިމް ފަރުވާ ހޯއްދަވަމުން ގެންދެވި އިރު ރައީސް އަބްދުﷲ ޔާމީނުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހޯމްމިނިސްޓަރ އަޒުލީން އަހުމަދާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ވަނީ ގާސިމްގެ އަރިހަށް ޒިޔާރަތްކޮށް ހާލު ބައްލަވާފައެވެ. އަދި ގާސިމް އިބްރާހިމް ވެސް ވަނީ ބޭސްފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފައގާސިމްގެ މައްޗަށް ތިން އަހަރާ ދެ މަހާ ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރިޝްވަތު ދޭން އުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން މިދިޔަ މަހުގެ ސައުވީސް ވަނަ ދުވަހުގެރޭއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ