ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރާއި އަލުން ގުޅުމަށް އާދޭސް ކުރަމުން ދާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމްއިން ސިލްސިލާކޮށް ބާއްވަމުން ދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާޙަކަ ދައްކަވަމުނެވެ.ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޖަރުމަނުގައި ހުންނަވައިގެން ފޯނުން ގުޅުއްވާ ޕީޕީއެމް އެމްޑީއޭ ކޯލިޝަންއާއި ގުޅެން ބޭނުންވާކަމަށް ވިދާޅުވެ، އާދޭސް ކުރަމުން ދާކަމަށް. އެގޮތުން ތަފާތު އެސްއެމްއެސްކޮށްފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި. އަދި މި މެސެޖްތަކުގައި އޭނާގެ ދަރިފުޅު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އާދޭސްކޮށްފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެއިތުރުން ޕީޕިއެމްގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކުއާއި، ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލުގެ އިތުރުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފު ޖޭޕީއަށް ގެންދިޔުމަށް ގާސިމް ކައިރީގައި އާދޭސް ކުރަމުން ދާކަމަށް ވިދާޅުވެ، ގާސިމް ވީޓީވީއަށް ދެއްވި އިންޓަވިއުގައި ދެއްކި ވާހަކަތަކަށް ރައްދުދެއްވާ އަބްދުއްރަޙީމް ވިދާޅުވީ ގާސިމްގެ މުޅީ މިލްކިއްޔާތު ހުސްކޮށްލައިގެން ފައިސާ ޚަރަދު ކުރިނަމަވެސް ގާސިމްގެ ފަހަތަށް ނުދާނެކަމަށެވެ. އަބްދުއްރަހީމް ވިދާޅުވިގޮތުގައި ޖުމްހޫރީ ޕާޓީއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ މެދުގައި ތާއީދު އޮތް ޕާޓީ އެއް ނޫންކަމަށެވެ. އެގޮތުން ގާސިމް ނިސްބަތްވާ އދ. އަތޮޅު މަހިބަދޫ ދާއިރާއަށް މެމްބަރު ތޯރިގް ހޮވިވަޑައިގަތީވެސް ޖޭޕީ ކެންޑިޑޭޓްއަކާއި ވާދަކޮށް ކަމަށެވެ. މީގެއިތުރުން މިއަދު ރައްޔިތުން މަޖިލީހުގައި ތިބެއްވި ޖުމްހޫރީ ޕާޓީގެ މެމްބަރުންނަކީ ޕީޕީއެމް އެމްޑީއޭ ކޯލިޝަންގައި ނިކުތުމުން މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މި މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާއެއް ބާއްވަން އުޅޭކަން ގާސިމް އިއުލާންކުރި ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާގެ އެއްވެސް ޚަރަދާ މެދު ވިސްނަން ނުޖެހޭކަމަށް ވިދާޅުވުމުން ޤާނޫނީ ވެރިކަން ވައްޓާލަން ގާސިމް ޙަރަދުކުރާކަން ކަށަވަރުވެފައިވާ ކަމަށެވެ.
ގައިދީ ގާސިްމ އިބްރާޙިމް
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ފަނޑިޔާރުންގެ ޤާނޫނުއަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިސްލ...
7 މިނެޓް ކުރިން
ނަޝީދުއަށް ވެރިކަން ހޯދައިދޭން އިންޑިއާއިން އެހީތެރިކަމެއް ނުދޭނެ: މެނަން
12 މިނެޓް ކުރިން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ޝަރީފް
13 މިނެޓް ކުރިން
ސަރުކާރާއި ގުޅުމަށް ގާސިމް އިބްރާހިމް މިހާރު އާދޭސް ކުރަނީ: އަބްދުއްރަހީމް
14 މިނެޓް ކުރިން
އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ޝަރީފްގެ ނަން ހުށަހަޅައިފި
15 މިނެޓް ކުރިން
އެމްއެމްޕީއާރުސީގެ ކޯޕަރޭޓް ވެބްސައިޓް ލޯންޗްކޮށްފި
22 ގަޑި ކުރިން
ސަރުކާރާއި ގުޅުމަށް ގާސިމް އިބްރާހިމް މިހާރު އާދޭސް ކުރަނީ: އަބްދުއްރަހީމް
14 މިނެޓް ކުރިން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ޝަރީފް
13 މިނެޓް ކުރިން
އެމްއެމްޕީއާރުސީގެ ކޯޕަރޭޓް ވެބްސައިޓް ލޯންޗްކޮށްފި
22 ގަޑި ކުރިން
ފަނޑިޔާރުންގެ ޤާނޫނުއަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިސްލާހް ހުށައަަޅައިފި
7 މިނެޓް ކުރިން
އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ޝަރީފްގެ ނަން ހުށަހަޅައިފި
15 މިނެޓް ކުރިން
ނަޝީދުއަށް ވެރިކަން ހޯދައިދޭން އިންޑިއާއިން އެހީތެރިކަމެއް ނުދޭނެ: މެނަން
12 މިނެޓް ކުރިން
ސަރުކާރާއި ގުޅުމަށް ގާސިމް އިބްރާހިމް މިހާރު އާދޭސް ކުރަނީ: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ