ﷲގެ ހެޔޮ ރަޙުމަތްފުޅާއިއެކު 2018 ގެ ރިޔާސީ އިންތިޙާބުގައި ބ.އަތޮޅު ކަމަދޫގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީންކަމަށް ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައެވެ. ރައީސް ޔާމީން 2018 ގައި ކަމަދޫ މެޖޯރިޓީ ނަންގަވާނެކަމަށް ނިހާނު ވިދާޅުވެފައިމިވަނީ މިއަދު ބޭއްވި އެދާއިރާގެ ކައުންސިލް ބައި އިލެކްޝަންގައި އެމްޑީޕީ ކެނޑިޑޭޓަކާއި ވާދަކޮށް 27 ވޯޓުގެ ތަފާތުން ޕީޕީއެމް ކެނޑިޑޭޓު ބަލިވެފައިވަނިކޮށެވެ.
360 ހާ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މިދާއިރާގައި އިދިކޮޅު ފަރާތްތަކުން ވަނީ ވަރުގަދަ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ސޯޝަލް މީޑިއާގައި ޕީޕީއެމްއަށް ރައްދުކޮށް ފެއިލްވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޓްވީޓުތައް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ހިތްވަރު ދެރަ ނުކުރައްވާ ކުރިއަށް އޮތް 2018 ގެ އިންތިޙާބަށް ތައްޔާރުވާނެކަމަށެވެ.
ކުރީގެ ރައީސް ނަޝީދު މިއަދުގެ އިންތިޙާބާއި ގުޅިގެން ވިދާޅުވެފައިވަނީ ކަމަދޫ ރައްޔިތުންނަކީ މުޅި ރާއްޖޭގެ ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 0.2 އިންސައްތަ ނަމަވެސް، އެ ދައްކުވައިދިނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ނިންމުންކަމަށެވެ.
ކަމަދޫއަކީ މީގެ ކުރިން ބޮޑު ތަފާތަކުން އިންތިޙާބުތައް އެމްޑީޕީއިން ކާމިޔާބުކުރަމުން ދިޔަ ރަށެކެވެ. ނަމަވެސް މިފަހަރުގެ އިންތިޙާބުގައި ފެނުނީ 27 ވޯޓުގެ ތަފާތުކަން ފާހަގަކޮށްލެވެއެވެ
"ﷲގެ ރަޙުމަތްފުޅާއިއެކު 2018 ގައި ކަމަދޫ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން" – ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ