ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޭ ބަންދަށް ބަދަލު ކުރުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ބޭބެ އާތިފު ޝަކޫރާއި ދައްތަ އާމިނަތު އާތިފާ ގޮވާލައްވައިފިއެވެ.
ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ވަރުގަދަ އިކޮނޮމިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާތިފު ޝަކޫރު ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ގޮވާލެއްވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އާތިފު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމާ މެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އިންސާނިއްޔަތައްޓަކާ އެމަނިކުފާނު ގޮވާލެއްވި ގޮވާލެއްވުން އަޑުއަހާ އެކަން ކޮށްދޭން ޖެހޭ ކަމަށެވެ. "Legitimacy of the pursuit is soiled when the sanctified grounds of humanity and decency are trampled upon." Regardless of how we separately view President Maumoon's legacy, his plea for humanity need to be heard and responded to. I plead for magnamity.— Athif Shakoor (@AthifShakoor) April 11, 2018
އާތިފުގެ އެ ޓްވީޓު ފޭސްބުކްގައި ހިއްސާ ކުރައްވާ އާމިނަތު އާތިފާވަނީ އާތިފުއަށް ސާބަސް ދެއްވާފައެވެ. އަދި ފާޅުކަން ބޮޑުކޮށް އާތިފު އެކަމަށް ގޮވާލައްވާފައިވާތީ އުފާ ކުރައްވާ ކަމަށް އާތިފާ ވަނީ ވިދާޅުވެފައެވެ.
އާތިފާވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން އަދާ ކުރައްވާފައެވެ. ނަމަވެސް ފަހުން ޖެންޑާ މިނިސްޓްރީއަށް ބަދަލު ކުރެއްވުމުން އާތިފާ ވަޒީފާއަށް ނުކުންނެވުން ހުއްޓާލެއްވިއެވެ.
ކުރީގެ ރައީސް މައުމޫންވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިންސާނިއްޔަތުކަމައްޓަކާ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރުމަށް އާޒިމާގެ ދައްތައާއި ބޭބެ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ