ފުރަތަމަ އަންހެން ކޮންސިއުލާ ޖެނެރަލަކަށް އައިމިނަތު އަބްދުﷲ

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލް މަގާމަށް އައިމިނަތު އަބްދުﷲ ދީދީ އައްޔަންކުރައްވައިފި އެވެ.
ކޮންސުލް ޖެނެރަލް އަކަށް އައިމިނަތު ދީދީ އައްޔަންކުރައްވާ އޭނާއަށް މިއަދު މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.Honored and proud to announce appointment of a woman as Maldives' first Consul General. Ms. Aminath A Didi, a career diplomat, will head the Consulate in Trivananthapuram, India, as of today. pic.twitter.com/ygrByTOS9i— Abdulla Shahid (@abdulla_shahid) December 22, 2019
އިންޑިއާގެ ބެންގަލޫރުގެ ޔުނިވަސިޓީން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައިވާ އައިމިނަތު އަބްދުﷲ ދީދީ ވަނީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެހެން ބައެއް މަގާމުތަކުގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފަ އެވެ.
އައިމިނަތު އަބްދުﷲ ދީދީ ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ވެސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އައިމިނަތު އަބްދުﷲ ދީދީ ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ