ސީލައިފަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން އެޗްޑީސީން ފަށައިފި

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި 3000 ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަދަލު ދޭން ފަށައިފިއެވެ.
މިކަން ހާމަކޮށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަދަލުދޭނީ ސިވިލް ކޯޓުގެ ނަންބަރު 183c-vc/2019 މިއަހަރުގެ ޖުލައި މަހުގެ 15ގެ ގަޒިއްޔާގައި ހމެނިފައިވާ 203 ފަރާތްތަކުގެ އިތުރުން ، ބަދަލު ހޯދުމަށް އެދި ހުށަހެޅުމަށް މި އަހަރުގެ ސެޕްޓެންބަރ އަދި ނޮވެމްބަރ މަހުގައި އާންމު ކޮށްފައިވާ ނޫސްބަޔާނާއި ގުޅިގެން ބަދަލު ހޯދުމަށް ހުށާހަޅާފައިވާ 212 ފަރާތްތަކަށް ކަމަށެވެ.
އަދި މިފާއިސާ ދެނީ ދެފަރާތުން ޖުލައި މަހުގެ 15 ވަނަ ދުވަހުގައި އެއްބަސްވެފައިވާ ގޮތަށް ކަމަށާއި އެ ފަރާތުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފާއިސާއާއި އެއްވަރުގެ އަދަދެއް ކަމަށްވެސް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަދި އެޗްޑީސީން މި އަހަރުގެ ޖުލައި މަހުގެ ވަނަ ދުވަހުގައި އާންމުކޮށްފައިވާ ނޫސްބަޔާނުގައި އަންގާފައިވާ ފަދައިން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމްގެ ދަށުން ހައުސިން ޔުނިޓު ދިނުމަށް އެއްބަސްވެފައިވާ އިރު އެކަމާ މެދު ސަރުކާރުން ގޮތެއް ނިންމުމުން އެއާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފްލެޓް ވިއްކަން ކުމެ ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާ ސީލައިފުން މަކަރާއި ހީލަތް ހެދުމުންވެސް ގެއްލުންވި ފަރާތަކަށް ބަދަލުދޭން ނިންމުމުން ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އެޗްޑީސީއަށް އަމާޒުވިއެވެ. މި މައްސަލާގައި އެޗްޑީސީން ބުނީ ބަދަލު ދޭން ނިންމީ ގިނަ ބަޔަކަށް ގެއްލުންވެފައިވާތީކަމަށެވެ.
އަދި މިކަމުގެ ސަބަބުން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ސީލައިފުން ހޯދާނެކަމަށްވެސް އެޗްޑީސީން ކުރިން ވަނީ ބުނެފައެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފާއި ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުގައެވެ.
ސީލައިފުން އެޕާޓްމަންޓް ވިއްކަން ހުޅުވާލުމުން 280 ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަންގެ ފީގެ ގޮތުގައި ކޮންމެ މީހަކު ފަންސާސް ހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ