ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސެޕްޓް އެޑްވައިޒަރު ކަމަށް ގ. ބެމްބޫ އަހުމަދު އައްބާސް ހަމަޖައްސަވައިފި އެވެ. އޭނާ މި މަގާމަށް އިސްކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުރެހުންތެރިޔާ އަހުމަދު އައްބާސް އަކީ އެމްޑީޕީ އުފަންވެގެން އައިއިރު، ކުރި އެކި މުޒާހަރާތަކުގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އަކީ ސިޔާސީ ކާޓޫނު ކުރެއްސެވުމުގައި މަޝްހޫރު ބޭފުޅެކެވެ. އަހުމަދު އައްބާސްގެ މައްޗަށް މިދިޔަ ސަރުކާރުން ވަނީ، މިނިވަން ނޫހުގައި ލިޔެފައިވާ އާޓިކަލެއްގައި އޭނާ ދެއްކެވި ވާހަކަތަކެއްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލައިފަ އެވެ. އޭނާ އަށް ހަ މަހުގެ ޖަލު ހުކުމެއް ވެސް އައެވެ.
އަހުމަދު އައްބާސް އަށް ކޮންސެޕްޓް އެޑްވައިޒަރުކަން ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ