ގައުމީ ކުތުބުހާނާ އަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ބެލުމަށް ސާވޭއެއް ކުރަން ހަމަޖައްސާފައިވާ އެ ތަނުން ބުނެފި އެވެ.
ގައުމީ ކުތުބުހާނާގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސާވޭގައި އެ ތަނަށް ޒިޔާރަތް ކުރާ މީހުންގެ އަދަދުގެ ބެލުމުގެ އިތުރުން އެތަނުގެ ވަސީލަތްތަކުގެ ބޭނުން ހިފާ މިންވަރު ވެސް ބަލާނެ ކަމަށެވެ.
އެފަދަ ސާވޭއެއް ކުރިއަށް ގެންދިޔުމުގެ މަގްސަދެއް ކަމުގައި އޮފިޝަލު ވިދާޅުވީ ކުތުބުހާނާގެ ފެންވަރާއި ވަސީލަތްތަކާ މެދު އެތަނަށް ޒިޔާރާތްކުރާ މީހުންގެ ހިޔާލު ހޯދައި ކުތުބުހާނާ ތަރައްގީ ކުރުމުގައި އެ ހިޔާލުތައް ބޭނުންކުރުން ކަމަށެވެ.
ކުތުބުހާނާ އަށް ޒިޔާރަތް ކުރާ ހުރިހާ އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ސާވޭގައި ބައިވެރިވެވޭނީ އެތަނުން ދޫކުރާ ފޯމެއް ފުރުމަށް ފަހު އެވެ.
ނޭޝަނަލް ލައިބްރަރީ އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ތަނުން ބުންޏެވެ. އެގޮތުން މިދިޔަ މަހު އެތަނުގައި ވަނީ ލައިބްރަރީ އެންޑް އިންފޮމޭޝަން ސާވިސް އިންސްޓިޓިއުޓެއް ގާއިމުކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންފޮމޭޝަން ސާވިސް އިންސްޓިޓިއުޓެއް އެތަނުގައި ގާއިމު ކުރުމުގެ މަގްސަދަކީ ރާއްޖޭގައި ހިންގާ އާއްމު ކުތުބުހާނާތައް ރަޖިސްޓްރީ ކުރުމާއި އެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި ސަރުކާރާއި އާއްމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ލައިބްރަރީތައް ތަރައްގީ ކުރުމަށް ބޭނުންވާ ލަފަ އާއި މަޝްވަރާތައް ދިނުމެވެ. އަދި ލައިބްރަރީތަކުގެ މުވައްޒަފުންނަށް ތަމްރީނުތައް ދިނުން ވެސް އެ އިންސްޓިޓިއުޝަނުގެ މަގްސަދު ތެރޭގައި ހިމެނޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ގައުމީ ކުތުބުހާނާގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ދެނެގަތުމަށް ސާވޭއެއް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ