ރާއްޖޭގައި އަދުލު އިންސާފު ހިންގަންޖެހޭ: ގާސިމް

ރާއްޖޭގައި އަދުލު އިންސާފު ހިންގަންޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން މިނަމުގައި ގިނަ އަދަދެއްގެ މީހުންނާއެކު ޖޭޕީ އެމްޑީޕީއިން މިހާރު ކުރިއަށްދާ ހިނގާލުމުގައި ވީޓީވީއަށް ދެއްވި އިޓަވިއުގައި ގާސިމް ވިދާޅުވީ، އަސާސީ ހައްގުތައް ރައްޔިތުން ބޭނުންވާ ކަމަށާއި މިސަރުކާރަކީ ގާނޫނާ އެއްގޮތަށް ހިންގާ ސަރުކާރެއް ނޫން ކަމަށެވެ. އަދި މިފަދަ ހިނގާލުމުން ދައްކުވައިދޭ އެއް ހެއްކަކީ އެއީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ރައީސް ޔާމިން އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން ވެއްޖެ ކަމަށާއި މިސަރުކާރުގައި ގާނޫނީ އެއް ވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ.
"މިރާއްޖޭގައި އަދުލު އިންސާފު ހިންގަންޖެހޭނެ.. އަސާސީ ހައްގުތައް ރައްޔިތުން ބޭނުންވާ ކަމަށް މިފަދަ ހިނގާލުމުން ދައްކުވައިދޭ." ގާސިމް ވިދާޅުވި އެވެ.
ލޯކަލް މާރުކާޓް ސަރަހައްދުގައި ހިނގާލުމުގެ ބައިވެރިން މަޑުކޮށްގެން ތިބި އިރު، އެސަރަހައްދުގައި ޖުމްހޫރީ ޕާޓިގެ މަޖިލީސް މެންބަރުންނާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްދު ނަޝީދުގެ އިތުރުން އެޕާޓީގެ މަޖިލީސް މެންބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ