ސްރީލަންކާގެ ކޮލަންބޯ އާއި އިތުރު ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ކަރަންޓު ކެނޑުނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދެވިފައިނުވާ ކަމަށް އެގައުމުގެ ޕަވާ އެންޑް ރިނިއުވަބަލް އެނާޖީ މިނިސްޓްރީ އާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި ކައުޓަރަ، މަޓަރަ ގައްލެ، އަމްޕަރަ އަދި ޕޮލޮނަރުވާ ހިމެނެއެވެ.
ލަންކާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސިލޯން އިލެކްޓްރިކްސިޓީ ބޯޑް (ސީއީބީ) ގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މުވައްޒަފުން އިހުތިޖާޖު ފަށާފައިވަނީ މިމަހުގެ 13 އިން 20 ވަނަ ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ ލީވް ކެންސަލް ކުރުމުގެ ސަބަބުންނެވެ. އެކަމާ ދެކޮޅަށް އަޑުއުފުލާ އިހުތިޖާޖު ކުރަމުންދާ މުވައްޒަފުން ދަނީ މުސާރަ އިތުރުކޮށްދިނުމަށްވެސް ގޮވާލަމުންނެވެ.
ލަންކާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ