ނ. ޅޮހީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެކަނަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ޅޮހީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ހިދުމަތް ފޯރުކޮށް ދީފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
ޝަރީފް ވިދާޅުވީ އަންގާރަ ދުވަހު ހަވީރު ވެސް ކަރަންޓް ދިން ކަމަށާއި ނަމަވެސް ބަޔަކު މީހުން އިންޖީނުގެތެރެއަށް ވަދެ އިންޖީނު ނިވާލުމަށް ފަހު އެތަނަށް ފެނަކައިގެ މުއައްޒަފުންނަށް ވަން ނުދިން ކަމަށެވެ.
އެގޮތުން ޝަރީފް ވިދާޅުވީ އެންމެ ފަހުން އިންޖީނުގެ އަށް ފެނަކައިގެ މުއައްޒަފުންނަށް ވަދެވުނީ ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ. އަދި ކުރިން ގޭގެއަށް ކަރަންޓް ލިބުމުގައި ދިމާވި މައްސަލަ ވެސް ހައްލު ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ވިދާޅުވީ ކުރިން ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ދިމާވީ ޓެކެނިކަލް މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މިހާރު ޅޮހީ އަށް ފޯރުކޮށްދީފައި ވަނީ ދާއިމީ ކަރަންޓު ކަމަށެވެ. އަދި ކުރިއަށް ތަނުގައި އެ ރަށަށް ކަރަންޓުގެ ހިދުަތް ފޯރުކޮށްދޭނީ ތިން އިންޖީނެއް ބޭނުން ކޮށްގެން ކަމަށެވެ. އެއީ 80 ކިލޯގެ ދެ އިންޖީނާއި އަދި 180 ކިލޯގެ އިންޖީނަކުން ކަމަށެވެ. އަދި އެއްވެސް މައްސަލަ ނުޖެހި ހަތަރު އަހަރު ވަންދެން ހިދުމަތް ދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ނ. ޅޮހީ ކަރަންޓުގެ މައްސަލަ ހައްލުކޮށް ހިދުމަތް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ