މިއަދު ވެސް މާލެ އިން ކަރަންޓް ކެނޑިފައި ވަނިކޮށް މިރޭ ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މިރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯ އިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސްޓެލްކޯ އިން ބުނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.
އެހެން ފަހަރުތަކުގައި ކަރަންޓް ޚިދުމަތް މެދުކެނޑުމުން އަނބުރާ ކަރަންޓް ދިނުމަށް ހޭދަވާ ވަގުތަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިރޭ ވަނީ ކަރަންޓްގެ ޚިދުމަތް އަނބުރާ ދީފައެވެ.
ފަހަކަށް އައިސް މާލެ އިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިރޭ ވެސް މާލެ އިން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ