ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ދެމުންގެންދަނީ ނުހައްޤު އަނިޔާ ކަމަށާއި , އެކަމާއި މެދު އެއްވެސް މުއައްސަސާ އަކުން ޒިންމާ ނުއުފުލާއިރު އިންސާފު ކޮބައިތޯ ރައީސް މައުމޫން ސުވާލުކުރައްވައިފި އެވެ.
ފާރިސް އާއި ބައްދަލު ކުރައްވަން އެމަނިކުފާނުގެ ދެކަނބަލުން އިއްޔެ މާފުށީ ޖަލަށް ވަޑައިގަތުމަށްފަހު ރައީސް މައުމޫންގެ ރަސްމީ ފޭސްބުކް އެކައުްޓްގައި ލިޔުއްވާ ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ފާރިސް އަށް އަނިޔާދެނީ ނުހައްގުން ކަމަށާއި އެހެން ނަމވެސް ފާރިސް ހުންނެވީ ސާބިތުކަމާއި އެކުގައި ކަމަށެވެ.
އަދި ފާރިސްއަށް ކުރާ ތުހުމަތުގެ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ މިއަދަށް 57 ދުވަސް ވެފައިވާއިރު އެއްވެސް މުއައްސަސާއަކުން އަޅާނުލާ ތިބޭއިރު, އެއްވެސް ކުށަކާނުލާ ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހުމަކީ ކިހާ ބޮޑު އަނިޔާ އެއްތޯ މައުމޫން ވަނީ ސުވާލުކުރައްވާފައެވެ.
"ކުއްލިއަކަށް ފެނުނީ ގަވާއިދާ ހިލާފަށް ކޯޓުގެ ބެންޗް ބަދަލު ކުރެއްވިތަން. އެކަން ބާތިލުކޮށް ދެއްވުމަށާއި މައްސަލަ އަވަސްކޮށްދެއްވުމަށް ހައި ކޯޓަށް އަމުރުކޮށް ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ އެއް މަސްދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ. އެއްވެސް ޖަވާބެއް ނުދެއްވާ. މިކަން މިހެންވާއިރު ފާރިސް އެހުންނެވީ ކުށެއްނެތި ދުވަސް ގުނާލަ ގުނާލާ އަނބިމީހާ އާއި ކުޑަ ދަރިފުޅާއި ދުރުގަ. އެއްވެސް މުއައްސަސާއަކުން ޒިންމާއެއް ނުއުފުލާ." ފާރިސް އަށް އޮތް އިންސާފަކީ ކޮބައިތޯ ސުވާލު ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
ރިޝްވަތު ދިން ކަމުގެ ތުހުމަތު ފާރިޝްއަށް ކުރާއިރު ކްރިމިނަލް ކޯޓްގައި ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށާފައެވެ. މީގެ އިތުރުން ޝަހުސު އޮޅުވާލި ކަމުގެ ތުހުމަތުވެސް ފާރިސް ގެ މައްޗަށް ވަނީ ކޮށްފައެވެ. ނަމަވެސް ފާޜިސް ވަނީ މި ދެ ދައުވާ އަށްވެސް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ.
ނުހައްގު އަނިޔާ ފާރިސްއަށް ދޭއިރު އެއްވެސް މުއައްސަސާ އަކުން ޒިންމާ އެއް ނުއުފުލާ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ