އަނިޔާކުރިޔަސް ޚިޔާރު ކުރާނީ އިންސާފުގެ މަގު: މައުމޫން

ބަޔަކު ކިތަންމެ އަނިޔާ ކުރިޔަސް ހިޔާރު ކުރާނީ އިންސާފުގެ މަގު ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " އަޅުގަނޑުމެންނަށް ބަޔަކު ކިތަންމެ އަނިޔާކުރިޔަސް އަޅުގަނޑުމެން އިޚްތިޔާރުކުރާނީ އިންސާފުގެ މަގު" ކަމަށެވެ.
މައުމޫން ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ ހުރިހާ މެމްބަރުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވައިލައްވާފައެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަޙްމަދު މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަދި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ